- Advertisement -spot_img

ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށްފަހު އެމެރިކާއާއި އިރާނުން ދެހަފްތާއަށް ހަނގުރާގަ ހުއްޓާލައިފިކަމަށް ބުނެފި

އީރާނަށް ދޭން އެމެރިކާއިން މިރޭ ތައްޔާރުވި ވަރުގަދަ ހަމަލާތައް މަޑުޖައްސާލައި، އެ ގައުމަށް ދެމުންދާ ހަމަލާތައް ދެ ހަފްތާގެ މުއްދަތަކަށް މެދުކަނޑާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ’ޓްރުތު‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ނިންމުން ނިންމެވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާއެކު ކުރެއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.

ޓްރަމްޕް ބުނި ގޮތުގައި، އީރާނުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމަށް އެއްބަސްވެފައިވާތީ، މިރޭ ދޭން ނިންމި ”ފަނާކުރަނިވި” ހަމަލާތައް މަޑުޖައްސާލަން ވަނީ ނިންމާފައެވެ. އެހެންނަމަވެސް އޭނާއަކީ އަބަދުވެސް ދޮގުހަދާ މުސްލިމުންނަށް އޮޅުވާލާ މީހެއްކަމުން މިކަމުގައި ދެން ފެނިގެންދާނެ ހަމަލާތަކަކާއިމެދު އެކިފަރާތްތަކުގެ ޚިޔާލުތައް ތަފާތެވެ.

މިއީ ދެ ފަރާތުން ފުރިހަމައަށް ތަބާވާންޖެހޭ އެއްބަސްވުމެއް ކަމަށާއި، ހަމަލާތައް ހުއްޓާލަން ނިންމި އަނެއް ސަބަބަކީ އީރާނުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގެ މަގުސަދުތައް މިހާރުވެސް ހާސިލުވެފައިވުމާއި، ދިގުމުއްދަތުގެ ސުލްހައަކަށް މަގުފަހިވަމުން ދިއުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުން އެމެރިކާއަށް ހުށަހަޅާފައިވާ 10 ނުކުތާގެ ހުށަހެޅުމާ ގުޅޭގޮތުން ޓްރަމްޕް ބުނީ، އެއީ ދެ ފަރާތުން ގުޅިގެން މަޝްވަރާކުރެވޭނެ ފަދަ ހުށަހެޅުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ހުށަހެޅުމުގައި ހިމެނޭ ކަންކަމަކީ މީގެ ކުރިންވެސް ދެ ގައުމުގެ ދެމެދުގައި މުއާމަލާތް ކުރެވިފައިވާ ކަންތައްތަކެއް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މި ނިންމުން ނިންމާފައި މިވަނީ، ރާއްޖޭގެ ގަޑިން މިއަދު ފަތިހު 5:00 ގެ ކުރިން ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ މުޅި އީރާނު ”ފޮހެލާނެ” ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ އިންޒާރާ ގުޅިގެން، ހަނގުރާމައިގެ ބަދަލުގައި ޑިޕްލޮމެސީގެ މަގު އިޚްތިޔާރު ކުރުމަށް ޓްރަމްޕުގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން އީރާނުންވެސް ވަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ. އަދި މި ނިންމުމަކީ އިރާނަށް ލިބުނު ކާމިޔާބީއެއްކަމަށް ދުނިޔޭގެ މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި، ހާއްސަކޮށް ތެލުގެ ބާޒާރަށް ދަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. މިނިންމުމަށް އެންމެ ދެރަވާނެ ބަޔަކީ ހައްދުފަހަނައަޅާފައިވާ އިސްރޭލު މީހުންނެވެ.

ގުޅުންހުރި ލިޔުންތައް