ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނެވި މަންދޫބު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މަގާމުން ވަކިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އޭމަމަގާމުން ވަކިކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޔޫއޭއީގެ ސަފީރު ކަމަށް މުންދު އައްޔަންކުރީ 2024 ގެ މެއި މަހުގެ ކުރީކޮޅު އެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ވެސް މިހާރު މުންދުގެ ނަން އުނިކޮށްފައިވާ އިރު، އޭނާ މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެއެވެ.
މުންދު މަގާމުން ވަކިކުރީއިރު އޭނަގެ މަންމަ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ފޯން ކޯލެއްގެ ރެކޯޑިން އާންމުވެފައިވެއެވެ. ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރައީސް މުއިއްޒަށް އެ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް އަސްމާ ވިދާޅުވެއެވެ.



