އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ކުރިއަށްދާ ތިން އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންދިޔައެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ހިޔާލު ހޯދުމުގެ ވޯޓުލާން ފެށީ މިއަދުގެ ހެނދުނު 8:00 ގައެވެ.
ކުރިން އީސީން ނިންމާފައި އޮތީ ހަވީރު 4:00 ގައި ވޯޓުލުން ނިންމާލުމަށެވެ. އިތުރު ވަގުތު ނުދޭނެ ކަމަށް އޭރު އީސީން ބުންޏެވެ.
އެކަމަކު އީސީން ފަހުން ވަނީ ހޫނުގަދަވެ، ކިއު ދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ވޯޓުލުމުގެ ވަގުތު ހަވީރު ފަހެއް ޖެހުމާ ހަމައަށް އިތުރު ކޮށްފައިވެއެވެ.



