- Advertisement -spot_img

އެމެރިކާގެ ދެ ފައިޓާ ޖެޓެއް ވައްޓާލުމަށްފަހު، ޕައިލެޓުން އިރާނުން ހައްޔަރުކޮށްފި

އިރާނަށް ހަމަލާދެމުންދިޔަ އެމެރިކާގެ ދެ ފައިޓާ ޖެޓް ވައްޓާލައި އެ ޖެޓުގެ ޕައިލެޓް އިރާނުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިރާނުގެ ނޫހެއް ކަމަށްވާ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކުރަމުންދާ ގޮތުގައި އިރާނަށް ހަމަލާދިނުމުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ފައިޓާ ޖެޓެއް މިއަދުގެ ވަގުތެއްގައި ވަނީ ވައްޓާލާފައިއެވެ.

އަދި މި ފައިޓާ ޖެޓަށް ހަމަލާ އަމާޒުވުމާއިއެކު ސަލާމާތްވުމަށް އެ ޖެޓު ދުއްވި ޕައިލެޓު ޖެޓުން އެޖެކްޓުވި ނަމަވެސް އޭނާ ޕެރެޝޫޓުގައި ފޭބީ އިރާނުގެ ސަރަހައްދަކަށް ކަމަށާއި ވަގުތުން އޭނާ އިރާނުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަންވެސް ތަސްނީމް ނިއުސް އޭޖެންސީން ދަނީ ރިޕޯޓުކުރަމުންނެވެ.

އެނޫހުން އިތުރަށް ރިޕޯޓުކުރާ ގޮތުގައި އެމެރިކާގެ ސިފައިން ވޭތުވެދިޔަ ގަޑިއެއްހާއިރު ޔޫއެޗް-60 ބްލެކް ހޯކް ހެލިކޮޕްޓަރުތަކާއި ލޮކްހީޑް ސީ-130 ހަރކިއުލަސް މަތިންދާބޯޓެއް ބޭނުންކޮށްގެން އެ ޕައިލެޓް ހޯދުމަށްޓަކައި ސާޗް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް