- Advertisement -spot_img

ދެކުނު އިރުމަތީ އޭޝިއާއަށް އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން ސުނާމީގެ އިންޒާރު

އިންޑޮނޭޝިއާގެ އުތުރު މޮލޫކާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއިއެކު ސުނާމީއެއް އުފެދި އިންޑޮނޭޝިޔާގެ ބައެއް އައްސޭރިފަށުގެ ސަރަހައްދުތަކަށް 1 މީޓަރުގެ ރާޅުތަކެއް އަރާފާނެ ކަމަށް ލަފާކޮށްފިއެވެ.

އިންޑޮނޭޝިއާގެ އުތުރު މޮލޫކާ ކަނޑުގެ ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދާދި ދެންމެ އަކު ވަނީ ބުނެފައި އެވެ. އެގޮތުން މި ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު (6.21 މޭލު) އަޑިން ކަމަށާއި އެސ ސަރަހައްދުގެ 1،000 ކިލޯމީޓަރު ދުރުގައި، އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރާޅުތައް އަރާނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައިއެވެ.

ޔޫއެސްޖީއެސް އިން ބުނާ ގޮތުގައި ބިންހެލުން އައީ އިންޑޮނޭޝިއާގެ އުތުރު މަލޫކު ޕްރޮވިންސްގެ ޓާނަޓޭ ސިޓީއާ ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރަށެވެ. ޔޫއެސްޖީއެސްއިން ވަނީ މި ސުނާމީއާއިއެކު އިންޑޮނޭޝިއާގެ އައްސޭރިފަށަށް 0.3 މީޓަރާއި 1 މީޓަރުގެ ރާޅުތައް އަރާފާނެ ކަމަށް ލަފާކޮށްފައެވެ.

އަދި ގުއާމް، ޖަޕާން، މެލޭޝިއާ، ފިލިޕީންސް އަދި ޓައިވާންގެ އައްސޭރިފަށަށް ވެސް 0.3 މީޓަރުގެ ރާޅުތަކެއް އަރާނެ ކަމަށް ވަނީ ލަފާކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް