- Advertisement -spot_img

މަޑަވެލީގައި އަޅަން ނިންމި 50 ހައުސިން ޔުނިޓްގެ ބިންގާ އަޅއިފި

ގދ. މަޑަވެލީގައި އަޅަން ނިންމި 50 ހައުސިން ޔުނިޓްގެ ބިންގާ އަޅއިފިއެވެ.

އެ މަޝްރޫއު މިއަދު ފައްޓަވައި ދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

މަޑަވެލީގައި ހަދާ ހައުސިން ޔުނިޓް މަޝްރޫއުގެ ކޮންޓްރެކްޓަރަކީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 6 ގައެވެ. މަޝްރޫއު ހަވާލުކުރީ މަސައްކަތް ފަށާތާ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ހަދަން ނިންމާފައި ވަނީ 3 ކޮޓަރީގެ ހައުސިން ޔުނިޓްތައް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް