- Advertisement -spot_img

ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކޮށް ރައީސްއަށް ހުށަހަޅަނީ

މެދުއިރުމަތީގައި ހިނގަމުންދާ މުޅި ދުނިޔޭގެ އިގްތިޞާދަށް އަންނަމުންދާ ލޮޅުންތަކަށް ރިއާޔަތްކޮށް ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ، ދައުލަތުގެ ބަޖެޓުން ރައްކާ ކުރެވޭނެ ދާއިރަތައް ބަލައި، އެކަމުގެ ޕްލޭން ފިނޭންސް މިނިސްޓްރީން ހަފުތާއެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

”ފައިނޭންސް ކުރެވޭނެ ކޮންމެވެސް މެކޭނިޒަމެއް ގެންނަން ޖެހޭނެ. ޓޯޓަލް ފައިނޭންސިން އެވެއިލަބަލް ވާނެ އަދަދަށް ވެސް ބަދަލު އަންނާނެ މިހާ ބޮޑު މާކެޓް ވޮލަޓިލަޓީއެއް އައިމާ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ އަޅުގަނޑު ރައީސް އަރިހަށް ދާނަން،“ މިނިސްޓަރު ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓުމަކަށް އަޔަސް އާންމު ހާލަތަށް ދާން އެންމެ މަދުވެގެން ވެސް ހަތަރު މަސް ދުވަސް ނަގާނެ ކަމަށް އެނަލިސްޓުން ފާހަގަކުރާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ޕްލޭންގައި ހުރި މުހިންމު ކަންކަން ސަރުކާރުން ހާމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް