- Advertisement -spot_img

ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ޒިދާން އެއްބަސްވެއްޖެ

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް 2026 ގެ ފަހުން ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން އެ ގައުމުގެ ލެޖެންޑް ޒައިނުއްދީން ޒިދާން އެއްބަސްވެފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ޒިދާން، 53، އަނގަބަހުން ފްރާންސްގެ ފުޓުބޯޅަ އިދާރާއާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އޭނާ ކޯޗުކަމާ ހަވާލުވާނީ މިހާރުގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް މަގާމު ދޫކޮށްލުމުން ކަމަށްވެސް ނޫސްތައް ބުނެއެވެ. ޑިޝޭމްޕްސްއަކީ 2012 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ކޯޗެވެ.

ޒިދާންއަކީ ފްރާންސް ތާރީހު ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައި، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކޮށްފައެވެ. އެފަހަރު ފައިނަލުގައި ފްރާންސާއި އިޓަލީ ވާދަކުރި އިރު، އެ ފައިނަލުގައި ޒިދާނަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެއީ މިހާތަނަށް ވޯލްޑް ކަޕްގައިވެސް ފެނިގެން ދިޔަ އެންމެ ތަފާތު އެއް މަންޒަރެވެ. ޒިދާނަށް އެފަހަރު ރަތް ކާޑު ދެއްކީ އިޓަލީގެ މާކޯ މަޓެރާޒީ މޭ މަތީގައި ބޮލުން ޖެހުމުންނެވެ.

ޒިދާން ވަނީ ކެރިއަރުގައި 1998 ވަނަ އަހަރު ބެލޮންޑިއޯ ހޯދައި، އެ އަހަރާއި 2000 ގެ އިތުރުން 2003 ވަނަ އަހަރު ފީފާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ޒިދާން މިހާތަނަށް ކޯޗުކަން ކޮށްދިނީ ރެއާލް މެޑްރިޑަށެވެ. ދެ ފަހަރެއްގެ މަތިން އެ ކްލަބަށް ކޯޗުކަން ކޮށްދިން އިރު، އެ ކްލަބާއެކު އޭނާ ވަނީ ކޯޗެއްގެ ގޮތުގައި ތިން ފަހަރު ޗެމްޕިއަންސް ލީގު ނަގައިފައެވެ.

ގުޅުންހުރި ލިޔުންތައް