- Advertisement -spot_img

ކަރެކްޝަންސް އަދި ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ކަސްޓަމްސް އަދި ކަރެކްޝަނަލް ސާވިސަސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިއެވެ.

އެ ދެ މުއައްސަސާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ބަދަލު ގެންނަން ނިންމި ނެޝަނަލް ޕޭ ފްރޭމްވޯކާ އެއްގޮތަށް މުވަައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތަކުގެ ދަށުންނެވެ. އެގޮތުން ކަރެކްޝަންސްގެ މުވައްޒަފުުންގެ މުސާރައަށް ބަދަލު ގެންނަން ނިންމީ ގާތްގަނޑަކަށް 11 ވަރަކަށް އަހަރު ފަހުންނެވެ. އެންމެ ފަހުން އެތަނުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ 2015 ގައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ސިވިލް ސާވިސް އާއި ދައުލަތުގެ އެހެން މުވައްސަސާތަކުގެ މުސާރަތައް ވެސް ބޮޑުކޮށްފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި މުސާރަ އާއި އިނާޔަތްތަކަށް 17 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް