- Advertisement -spot_img

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީ ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހއ. އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްޤީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެމްޕީއެލް އިން ބުނީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭނެ މެރީނާއެއް ތަރައްޤީކުރެވޭނެ ކަމަށެވެ.

އަދި މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ޚިދުމަތްވެސް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް