- Advertisement -spot_img

ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުމެއް ނުކުރެވޭނެ: ހަލީލް

އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް މިހާރު ފަށާފައިވާ ހަނގުރާމާގައި އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ، އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައި ނުވާނޭ ކަމަށާއި އެކަމުގެ ހުއްދަ ދީފައިވެސް ނުވާނޭކަމަށެވެ.

”ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލަން،“ ހަލީލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ މަޝްރަހް ކުރިއަށްދާގޮތުން ރާއްޖޭގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދިރާސާ ކުރަމުންދާކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދީގެ ކުރާ އެއް ކަމެއްގެ ގޮތުގައި ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމްތައް ހަރުދަނާ ކުރަމުންދާކަން ހަމަޖައްސަމުންދާކަން ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ވެސް އެމްބަސީތައް މެދުވެރިކޮށް ސަރުކާރުން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް