ޑޮމިނިކަން ރިޕަބްލިކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ލުއިސް ރުޑޮލްފޯ އަބިނާރދަރ ކޮރޯނާއަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ޑޮމިނިކަން ރިޕަބްލިކްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.
ޑޮމިނިކަން ރިޕަބްލިކަށް މިނިވަންކަން ލިބިފައިވަނީ 1844 ވަނަ އަހަރުގައެވެ. އަދި މިއީ އެޤައުމުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ.