ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ރައީސްގެ މަރުހަބާ!

އިންޑިޔާގެ ނިއުދިއްލީގައި ކުރިޔަށްދިޔަ 3 ވަނަ ސައުތު އޭޝިޔަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ރިހިމެޑަލެއް ހޯދުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.

”3 ވަނަ ’ސާބާ އަންހެން ބާސްކެޓް ބޯޅަ‘ މުބާރާތުން، ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް މަރުޙަބާ ދަންނަވަން.“ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެއެވެ.

އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދިޔަ ސަރަޙައްދީ މި މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރި މެޗުގައި، ދިވެހި ޤައުމީ ޓީމުން ދެއްކި ރީތި ކުޅުމާއި ކުރި ހިތްވަރަށް ސާބަސް.މި މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވީ މުބާރާތް ބާއްވާ އިންޑިޔާ އާއި ދެކޮޅަށް ކުޅެއެވެ. ފައިނަލުގައި އިންޑިޔާ އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 107 – 32 ޕޮއިންޓުންނެވެ. އެހެންނަމަވެސް މިމެޗުގައި ރާއްޖޭގެ ޓީމުން ވަނީ އުންމީދީ މޮޅު ކުޅުމެއް ދައްކާފައެވެ.  

އިންޑިޔާ އާއި ނޭޕާލާއި ރާއްޖެ ވާދަކުރި މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ އެންމެ ފަހުގެ ރަނަރަޕް ނޭޕާލު ބަލިކުރުމަށްފަހުއެވެ. ފައިނަލް މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 7 ޕޮއިންޓް ހޯދި ރައިފާ އިބްރާހީމެވެ. ދެން ރާއްޖޭގެ ޓީމުން އެންމެ ގިނަ ޕޮއިންޓް ހޯދީ 6 ޕޮއިންޓް ހޯދި އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި އީހައު ޝަމީމެވެ.

ގުޅުންހުރި ލިޔުންތައް