ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ދ. ރިނބުދޫގައި އައު މިސްކިތެއް ބިނާކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

އައު މިސްކިތެއް ނެތި އަހަރުތަކެއް ވެފައި ވާ ދ. ރިނބުދޫގައި އައު މިސްކިތެއް ބިނާކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިގޮތަށް ވިދާޅުވެފައިވަނީ، ނިލަންދެ އަތޮޅު ދެކުނުބުރީގެ މީހުންގެ ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރިނބުދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

”މި ރަށުގައި ހުރި މިސްކިތްވެސް މިއީ 1992 ވަނަ އަހަރު އަޅާފައި ހުރި މިސްކިތެއް ކަމަށް އަޅުގަނޑަށް ކައުންސިލުން ވިދާޅުވި، ކައުންސިލްގެ ރައީސް ވިދާޅުވި. އެހާ ދުވަސް ވީ އިރުގައިވެސް ރަށުގައި މި ހުރީ އިތުރު މިސްކިތެއް ނޭޅި. އަޅުގަނޑުމެން މާތްވެގެންވާ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، ފަޚްރުވެރި މުސްލިމުންނަށް ވާ އިރުގައި، ރަށްރަށުގައި ހުންނަންޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ އަބަދުވެސް ރަނގަޅު ފެންވަރުގެ މިސްކިތް، އެޅިފައި.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން އެރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް މިއަހަރުގެ ބަޖެޓުގެ ތެރެއިން ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެ ލަސްވެގެން މިއަހަރުގެ ޖުލައި މަހު މި މިސްކިތުގެ މަސައްކަތް ފައްޓަވާނެކަމުގެ އުފާވެރި ޚަބަރު ރައީސް ވަނީ އެރަށުގެ ރައްޔިތުނަށް ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް