ބުރާސްފަތި, ޑިސެމްބަރ 11, 2025
spot_img
- Advertisement -spot_img

ޙައްޖު، ޢުމްރާ ކޮންފަރެންސްއަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެއަށް

މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ދެވަނަ ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ވަޑައިގަންނަވައިފިއެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަޢުދީ ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ އާއި އެ ޖަމްޢިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.

ޙައްޖު، ޢުމްރާ ކޮންފަރެންސްއަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެއަށް ވަޑައިގަތުން | ފޮޓޯ: އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

މި ދަތުރުފުޅުގައި އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި ރަސްމީކޮށް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ޒިޔާރަތް ކުރުމާއި ޒުވާން ޚަޠީބުންނާއި ޙާފިޡުން އަދި އިމާމުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކާއި ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާނެއެވެ.

މިއަހަރުގެ ޙައްޖު އަދި ޢުމްރާ ކޮންފަރެންސް މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ކޮންފަރެންސްގައިވެސް ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވެލައްވާނެއެވެ.

ގުޅުންހުރި ލިޔުންތައް