ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފި

ހުޅުމާލޭ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލޭންޑަށް ގެންގޮސްފިއެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި  ފިހިފައިވަނީ ސްޓެލްކޯގެ 43 އަހަރުގެ ދިވެހި ފިރިހެން މުވައްޒަފެކެވެ. މި ހާދިސާގައި ފިހުނު މުއައްޒަފަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. ދެން ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

ސްޓެލްކޯ އިން ބުނީ އެ މުވައްޒަފު ތައިލޭންޑްގެ ވެރިރަށް ބޭންކޮކަށް ގެންގޮސް ބޭންކޮކް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.

އެ މުވައްޒަފުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަޖައްސަނީ ސްޓެލްކޯއިންނެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނީ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި އަނިޔާވި މުއައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ. މިހާދިސާ ހިނގުމާއެކު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާކަަމަށް ސްޓެލްކޯއިން ބުންޏެވެ.

މުވައްޒަފުގެ ބޭސްފަރުވާގެ ކަންކަން ކުރިއަށްގެންދަނީ އާއިލާއާ ގުޅިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް