އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ކެމްޕޭން މެނޭޖަރަކަށް ފަލާހު ހަމަޖައްސައިފި

އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ހަމަޖައްސައިފިއެވެ.

ޕީއެންސީން ބުނީ އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އެ ޕާޓީގެ ކެމްޕޭން މެނޭޖަރަކީ ފަލާހު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު 28 ގައެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވައިލަން ނިންމާފައި ވަނީ ޖެނުއަރީ 17 ގައެވެ. މިފަހަރު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރީތައްވަމުން އަންނަ އިރު، މިހާރު ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ސިޓީތަކާއި ރަށްތަކުގެ އާބާދީގެ ތަފުސީލުތައް ވެސް އާންމުކޮށެވެ.

އީސީން ބުނީ އިންތިޚާބު ބޭއްވުމަށްޓަކައި 70-80 މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް