އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް ހަމްދީ އައްޔަންކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ހަމްދީ އަގީލް މިއަދު އައްޔަންކޮށްފިއެވެ.

ދައުލަތުގެ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ހަމްދީ އެމްއެމްބީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރި ކަން ހާމަކޮށްފައި ވަނީ އެމްއެމްބީސީން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައެވެ.

މުސާރައާއި އެލަވެންސްގެ ގޮތުގައި އެމްއެމްބީސީގެ އެސްޖީއަށް މަހަކު 35،500ރ. ގެ މުސާރައެއް ލިބޭނެއެވެ.

މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި އެމްއެމްބީސީގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުގެ މެދުގައި ވޯޓުލައިގެން ހޮވި ހަތަރު މެމްބަރުންނެވެ. އެ ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސާފައި ވަނީ މީޑިއާ ކައުންސިލްގެ ކުރީގެ އެސްޖީ މުހައްމަދު ފަރުޝަތެވެ. އަދި ނައިބު ރައީސަކީ ޒަމްއަތު އަހުމަދުއެވެ.

ގުޅުންހުރި ލިޔުންތައް