ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

އެޗްޑީސީ މުވައްޒަފުގެ ހަތް އަހަރުވީ ފްލެޓްތައް ނިންމައި ހަވާލުކުރަން ފަށައިފި

ފާއިތުވި ހަތް އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކަށް ނިންމާނުލެވުނު އެޗްޑީސީ މުވައްޒަފުންގެ ފްލެޓްތައް ނިންމައި ހައްގުވެރީންނަށް ފްލެޓް ހަވާލުކުރަން ފަށައިފިއެވެ.

2017 ވަނަ އަހަރު ފެށި މަޝްރޫއުގެ ދަށުން އިމާރާތްކުރި ”ރީތިގަސް“ ފްލެޓުތައް ލިބުނު އެޗްޑީސީގެ މުވައްޒަފުންނާ ފްލެޓު ތަޅުދަނޑި ހަވާލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ތަޅުދަނޑި ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.

އެ މަޝްރޫއުގެ ދަށުން ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ވަނީ ހަދާފައެވެ. އަދި އެއީ ”ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް“ ހަދާފައިވާ ތަންތަން ކަމަށް އެޗްޑީސީން ބުނެ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ވެސް ނިންމާނުލެވުނު މި ފްލެޓްތަކުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ހަލުވި ދުވެލީގައި އަންނަނީ ނިންމަމުންނެވެ.

ރޭ ހަވާލުކުރަން ފެށީ އެޗްޑީސީން ބުނި ގޮތުގައި، ޓަވަރު A އާއި ޓަވަރު B ގައި ހަދާފައިވާ 153 އެޕާޓްމަންޓެވެ. ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު 25 ވަނަ ދުވަހަށް ނިންމަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާ އާއި ސެކިއުރިޓީ ރޫމެއް ހުރެއެވެ. އަދި ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނެއެވެ. އެ ކުންފުނިން ބުނީ، 54 ކާރު ޕާކިން އަދި 782 ސައިކަލް ޕާކިން ސްލޮޓް ވެސް އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.       

ގުޅުންހުރި ލިޔުންތައް