ޤަޢުމީ ޚީދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ޤަޢުމީ ތަރައްޤީއާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދަޢުރު ފާހަގަކޮށް، އަގުވަޒަން ކުރުމުގެގޮތުން ދޭ ރެހެންދި އެވޯޑު 15 މީހަކަށް ދީފިއެވެ.
މިކަމަށްޓަކައި ބާސެލޯ ނަސަންދުރާ ހޮޓަލްގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެ ފަރާތްތަކާ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓްލެޑީ ސާޖިދާ މުޙައްމަދެވެ. މި އެވޯޑް ލިބުން 15 ފަރާތުގެތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ އެވޯޑު ލިބުނު 5 ފަރާކާއި، މި އަހަރުގެ އެވޯޑް ލިބުނު 10 ފަރާތެކެވެ.

މިދިއަ އަހަރުގެ އެވޯޑް ލިބުން 5 ފަރާތަކީ:-
– ކ.ކާށިދޫ، މާވިނަ، މަރިޔަމް އިނާޝާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ތ.ވިލުފުށި، ތަނޑިރަތްމާގެ، މަރިޔަމް މުރުޝިދާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ހދ.ކުޅުދުއްފުށި، ހިކިފިނިފެންމާގެ، އަސްމާ ޙަސަން (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ހދ.ކުޅުދުއްފުށި، ޓޯޓަލްގެ، އާއިޝަތު ތާއިފާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ލ.ފޮނަދޫ، ފުރުއްމާގެ، ވިމެންސް އެންހޭންސްމަންޓް ޖަމިއްޔާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)

މި އަހަރުގެ އެވޯޑް ލިބުން 10 ފަރާތަކީ:-
– ގއ.ކަނޑުހުޅުދޫ، އަތަމާގެ، އާއިޝަތު ޙުސެއިން (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ތ.ކިނބިދޫ، މުރިނގު، ސުރައްޔާ އިބްރާޙީމް (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ދަފްތަރު 2823، އާމިނަތު އާދަމްކޮއި (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ހ.ލައިޓްސްޓާ، އާމިނަތު ރީމާ ރަޝީދު (ލީޑަޝިޕް އަދި ގަވަނެންސްގެ ދާއިރާ)
– މ.ހުދުކާނޭޝަން، ޑރ. ރުހުޝާނާ އަޙްމަދު (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ތ.ވިލުފުށި، ދޫރެސް، ސަމީނާ އިބްރާޙީމް (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ހުޅުމާލެ ގޯތި 10228، ސަފާތު އަޙްމަދު ޒާހިރު (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ސ.ފޭދޫ، ފަރިމާގެ، އާއިޝަތު ވަހީދާ (އިގުތިސޯދީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
– ހ.ފަހަމަ އާމިނަތު ސޫޒަން (ލީޑަޝިޕް އަދި ގަވަނެންސްގެ ދާއިރާ)
– އއ.އުކުޅަސް، މުރީދުގެ، ޒަހިއްޔާ މުޙައްމަދު (އާއްމުކޮށް އަންހެން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ)
މިދިއަ އަހަރުގެ ރެހެންދި އެވޯޑަށް 22 ފަރާތަކުން ކުރިމަތިލީއިރު، މިއަހަރުގެ އެވޯޑަށް 28 ފަރާތަކުން ކުރިމަތިލާފައިވެއެވެ.
މި އެވޯޑް ދޭންފަށާފައި ވަނީ 2014 ވަނަ އަހަރުއެވެ. މިހާތަނަށް 60 ފަރާތަކަށް މި އެވޯޑް ދީފައިވެއެވެ.



