ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ރާއްޖޭގައި މިވަގުތު ތަރައްޤީގެ 1,875 މަޝްރޫޢު ކުރިއަށް އެބަދޭ: ރައީސް

ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތައް ފެށި، މިހާރު 1,875 މަޝްރޫޢެއް ކުރިއަށްދާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ މާލޭގައި ބޭއްވި ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ތެރެއިން 1,356 މަޝްރޫޢަކީ މި ސަރުކާރުން ސޮއިކޮށްގެން ފެށި މަޝްރޫޢުތައް ކަމަށެވެ.

ތަރައްޤީ ހާސިލުކުރުމުގައި އެންމެ މުހިންމީ ހަމަހަމަކަން ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ވޭތުވެދިޔަ 45 އަހަރުގައި އެއްވެސް ރައީސަކު ނުދާ ރަށްރަށަށް އެމަނިކުފާނު ވަޑައިގެންފައިވާ ކަމަށާއި، ނެގްލެކްޓް ކުރެވިފައިވާ ރަށްރަށަށްވެސް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. މިގޮތުން ކޮންމެ ރަށެއްގައިވެސް އޭޓީއެމް، ޑޮލަރު އޭޓީއެމް، ފުލުހުންގެ ޚިދުމަތް، އައިޑީކާޑާއި ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކް، ކަސްރަތު ކުރާ ޖިމް އަދި ފިޓްނެސް ސެންޓަރު ހެދުމަށް ހިމަނާފައިވާ ކަމަށާއި، ރައްޔިތުން ހަޤީޤީ މާނައިގައި ބާރުވެރި ކުރުވުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. މި ތަފްސީލުތައް ކުރިއަށް އޮތްތަނުގައި ހިއްސާ ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް