- Advertisement -spot_img

އޮޕަރޭޝަން އަލިމަގު: މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފި

ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިއުގަތައް ނައްތާލުމަށް މިއަދު ފެށި އޮޕަރޭޝަންގައި މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފި އެވެ.

’އޮޕަރޭޝަން އަލިމަގު‘ ގެ ނަމުގައި މި އޮޕަރޭޝަން ފެށީ، މިއަދު ހެނދުނު 05:30 ގަ އެވެ. މި އޮޕަރޭޝަނަކީ، ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ.

އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި، 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ އެވެ. ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ދަނީ ތަންތަން ބަލައި ފާސްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް