ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

އަންނަ ރޯދަމަހުވެސް ކޮންމެ ގެއަކަށް މަސްދަޅުކޭހެއް ދޭން ސަރުކާރުން ނިންމައިފި

މިއަންނަ އަހަރުގެ ރޯދަމަހު ވެސް މަސްދަޅު ކޭހެއް ކޮންމެ ގޭބިސީއަކަށް ދޭން ސަރުކާރުން ނިންމައިފިއެވެ.

މިއަހަރުގެ ރަމަޟާންމަހުގައިވެސް މުޅި ރާއްޖޭގެ 111،808 (އެއްލައްކަ އެގާރަ ހާސް އަށްސަތޭކަ އަށެއް) އަށްވުރެ ގިނަ ގޭބީސީތަކަށް ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 48 ދަޅުގެ މަސްދަޅު ކޭސް ބަހާފައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއަހަރަކޭ އެއްފަދައިން އަންނަ އަހަރުގެ ރޯދަމަހުވެސް ސަރުކާރުން ގޭބިސީތަކަށް ހިލޭ މަސްދަޅުކޭސް ދޫކުރަން ހަމަޖެހިފައިވާ ކަަމަށެވެ.

މިއަހަރު ގޭބިސީތަކަށް ބަހާފައިވަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ.

އޭގެ ކުރީ ފަހަރުގެ ރޯދަ މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނީ ކާޑުގެ ބާވަތްތަކެވެ. އެއީ 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ.

ގޭބިސީ އެއްކަމުގައި ބެލެވޭނީ ވަކިން ކައްކާ، ކައިބޮއި އަދި ދިރިއުޅޭ ދިވެހި އާއިލާތަކެވެ. ކޮންމެ ގޯއްޗަކުންވެސް ފުރާނީ، ހުރިހާ ގޭބިސީތައް ހިމަނައިގެން އެއް ފޯމެވެ.

މިއަހަރުގެ ރޯދަ މަހު މާލެ އާއި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ސަރުކާރުން ވަނީ ހިލޭ މަސްދަޅުކޭސް ބަހާފައެވެ.

ގުޅުންހުރި ލިޔުންތައް