އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިންޑިއާގެ ދިއްލީގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

އިންޑިއާގެ ދިއްލީގައި ހުންނަ ރެޑް ފޯޓުގެ ކައިރީގައި ހިނގި ނުރައްކާތެރި ހާދިސާގައި ބަޔެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި އެމަނިކުފާނު މިރޭ ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ މި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފައެވެ. އަދި މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

އަދި، މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ހާމަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް