އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ތ އަތޮޅުގައި ކުރިއަށްގެންދިޔަ އިބަމަ އިނިޝަލް ޓްރެއިނިންގ ޕްރޮގްރާމްގެ ދެވަނަ ބުރު ނިންމާލައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ތ. އަތޮޅުގެ ރަށްރަށުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އުފެއްދުމަށްޓަކައި ހިންގި އިބަމަ އިނިޝަލް ޓްރެއިނިންގ ޕްރޮގްރާމްގެ ދެވަނަ ބުރު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.

ނޮވެންބަރު މަހުގެ 4 ވަނަ ދުވަހުން 7 ވަނަ ދުވަހަށް ތ އަތޮޅުގައި ކުރިއަށް ގެންދިޔަ އިބަމަ އިނިޝަލް ޓްރެއިނިންގ ޕްރޮގްރާމްގެ ސެޝަންތަކުގައި އަލިއަޅުވާލައިފައިވަނީ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރުމަށް އެސެސްމެންޓް ކުރިއަށްގެންދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. އޭގެ އިތުރުން، މި އެސެސްމަންޓަށް ބިނާކޮށް، އެ ފަރާތްތަކަށް އެހީތެރިވުމަށް އިންޓަވެންޝަން ޕްލޭންތައް އެކުލަވާލާނެ ގޮތުގެ މަޢުލޫމާތުވެސް ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތިއަރީ ބައި ކުރިއަށްގެންގޮސްފައި ވަނީ ތ. ވޭމަންޑޫ ގައެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ޢަމަލީ މަސައްކަތުގެ ބައި ކުރިއަށްގެންގޮސްފައި ވަނީ މިފަހަރުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ތ. އަތޮޅުގެ އެކި ރަށްރަށުގައެވެ. މި ޕްރޮގްރާމްގައި ތ. ބުރުނީ، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، އޮމަދޫ އަދި މަޑިފުށިން ބައިވެރިވެފައިވެއެވެ.

ޔުނިސެފްއާއި އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުގެ އެހީގައި މިވުޒާރާއިން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް އިންތިޒާމްކުރުމުގައި ތ. އަތޮޅު ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ވަނީ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް