އާދިއްތަ, ނޮވެމްބަރ 9, 2025
spot_img
- Advertisement -spot_img

އުސްތާޛު އިބްރާހިމް ރަޝީދުގެ އަނބިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ

ދީނީ އިލްމުވެރިޔާ އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަތީފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ސާމިޔާ އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ އެކަމަނާ އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

”މަރްޙޫމާ ސާމިޔާ ލަޠީފް މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި،“ ރައީސް ލިޔުއްވާފައިވެ އެވެ.

އުމުރުން 73 އަހަރުގައި ސާމިޔާ އަވަހާރަވީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. ސާމިޔާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ގުޅުންހުރި ލިޔުންތައް