އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިން ނިޒާމެއް ތައާރަފްކުރަނީ

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިން ނިޒާމެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖޭގެ އުފެއްދުންތަކަށް، ހާއްސަކޮށް ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިން ނިޒާމެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަޝްރޫއަކީ ވޯލްޑް ބޭންކްގެ ”ޕްލީޒް“ އިނީޝިއޭޓިވްގެ ދަށުން މާލީ އެހީތެރިކަން ލިބި، ސެކެޕް އަދި ޔުނޮޕްސްއާ ގުޅިގެން ތަންފީޒުކުރެވިފައިވާ ހާއްސަ މަޝްރޫއެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަދި އެއީ ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ތަރައްގީގެ ނިޒާމެއް ގާއިމުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިން ނިޒާމެއް ގާއިމުކުރަން ނިންމާފައިވާއިރު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެއެވެ.

އެއީ ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

ގުޅުންހުރި ލިޔުންތައް