ބުދަ, ނޮވެމްބަރ 12, 2025
spot_img
- Advertisement -spot_img

ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ އަސްކަރީ ހަރަކާތްތައް ޖުމްހޫރީ މައިދާނުގައި

މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ އަސްކަރީ ހުށަހެޅުންތައް މާދަމާ ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ގައެވެ.

ނަމަވެސް 15:30 އިން ފެށިގެން ޢާންމުންނަށް ޖުމްހޫރީ މައިދާން ހުޅުވާލެވޭނެއެވެ. ސިފައިން ބުނީ ޖުމްހޫރީ މައިދާނުގައި މިއަހަރު އޮންނަ ހުށައެޅުމުގެ މަގުސަދަކީ ސިފައިން އަސްކަރީ ގޮތުން ތައްޔާރުވެފައި ތިބި މިންވަރު ޢާންމުންނަށް ދައްކާލުން ކަމަށެވެ.

އެގޮތުން މިއަހަރު ހުށައަޅައިދޭނީ ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަން ކަމަށެވެ. މި ހަރަކާތުގައި ސިފައިންގެ ހުނަރާއި ގާބިލުކަން ފެންނާނެކަމަށް ބުންޏެވެ.

ސިފައިން ބުނެފައިވަނީ ޖުމްހޫރީ މައިދާނުގައި އޮންނަ ހަރަކާތުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް