ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

އިމިގްރޭޝަންގެ ވޯކިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ

މޯލްޑިވްސް އިމިގްރޭޝަނަށް 70 އޮފިސަރުން ނެގުމަށްޓަކައި ހޮނިހިރު ދުވަހު ބޭއްވި ވޯކިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މި އިންޓަވިއު ބާއްވާފައިވަނީ ހުޅުމާލެ ފޭސް-2 ގެ ސަލާހުއްދީން ސްކޫލްގައެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، މިފަހަރުގެ ވޯކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެއީ މި އިންޓަވިއުއަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، ބުނާ ގަޑިއެއްގައި ބައިވެރިވެވޭ އިންޓަވިއުއަކަށް ވާތީއެވެ.

އިމިގްރޭޝަންގެ ވޯކިން އިންޓަވިއުގެ ތެރެއިން | ފޮޓޯ: އިމިގްރޭޝަން

މި ވަޒީފާތަކަށް ޝަރުތު ހަމަވާނީ 30 އަހަރުން ދަށުގެ ޒުވާނުން ކަމަށް އިމިގްރޭޝަނުން އޮތީ އިޢުލާނުކޮށްފައެވެއެވެ.

މި މަގާމުގެ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައަކީ 6،500 ރުފިޔާއެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން، ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، މުސާރައިގެ 35 ޕަސެންޓް ސްޕެޝަލް ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

އިމިގްރޭޝަންގެ ވޯކިން އިންޓަވިއުގެ ތެރެއިން | ފޮޓޯ: އިމިގްރޭޝަން

މިފަދަ ވޯކިން އިންޓަވިއުތަކަށް ޒުވާނުންގެ ފަރާތުން ލިބޭ ތަރުހީބު މިވަނީ އިތުރުވެފައެވެ. މީގެ ކުރިން މިދިޔަ މެއި މަހު 50 ވަޒީފާއަށް ބޭއްވި މިފަދަ އިންޓަވިއުއެއްގައި 876 މީހުން ބައިވެރިވެފައިވެއެވެ.

އިމިގްރޭޝަނުން މިފަދަ ފުރުސަތުތައް ހުޅުވާލުމަކީ، ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށް ލިބޭ ބޮޑު އެހީއެކެވެ.

ގުޅުންހުރި ލިޔުންތައް