ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

އައިލެންޑް އެވިއޭޝަނުން ހުޅުމާލެ އިން 49 މިލިއަނަށް ބިމެއް ގަނެފި

އައިލެންޑް އެވިއޭޝަން ސާވިސް (އައިއޭއެސް) ހުޅުމާލެ އިން 49.4 މިލިއަން ރުފިޔާ އަށް ބިމެއް ގަނެފިއެވެ.

މި ބިމުގެ މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މި މަހުގެ 16 ގައެވެ. އަދި އެ މުއާމަލާތް ކޯޓްގައި ނިންމައިލީ އިއްޔެއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ގައުމި އެއާލައިން، މޯލްޑވިއަން އޮޕަރޭޓްކުރާ އައިއޭއެސް އަށް ހުޅުމާލެ ފޭސް ދެއަކުން ގަނެފައިވަނީ 12،481.94 އަކަފޫޓްގެ ބިމެއް ކަމަށާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ބިން އައިލެންޑް އެވިއޭޝަނަށް ވިއްކާފައިވަނީ ޖުމްލަ 49،428،842.20 މިލިއަން ރުފިޔާ އަށް ކަމަށެޗެ.

އަދި ބިމުގެ އަގަށްވާ ފައިސާ އެ ކުންފުނިން، އެޗްޑީސީ އަށް ދައްކައި ހަލާސް ވެސް ކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް