ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 1،804،515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކުރި 1،641،937 ފަތުރުވެރިންނަށްވުރެ 9.9 ޕަސެންޓް އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 291,573 ފަތުރުވެރިން
ރަޝިއާ – 223,857 ފަތުރުވެރިން
އިނގިރޭސިވިލާތް – 159,615 ފަތުރުވެރިން
ޖަރުމަނު – 132,394 ފަތުރުވެރިން
އިޓަލީ – 119,261 ފަތުރުވެރިން
އިންޑިއާ – 104,500 ފަތުރުވެރިން
އެމެރިކާ – 51,892 ފަތުރުވެރިން
ފްރާންސް – 46,629 ފަތުުރުވެރިން
ސްޕެއިން – 43,749 ފަތުރުވެރިން
އޮސްޓްރޭލިއާ – 34,440 ފަތުރުވެރިން
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.3 މިލިއަން ފަތުރުވެރިން، 73.8 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 21.4 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 2.6 ޕަސެންޓް އަދި ސަފާރީތަކުގައި 2.1 ޕަސެންޓް ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 174 ރިސޯޓާއި 933 ގެސްޓްހައުސްގެ އިތުރުން 163 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.



