އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކާށިދޫގައި ޤާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި

ކ. ކާށިދޫގައި ޤާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތްފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކ، އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކާށިދޫގައި ޤާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުން | ފޮޓޯ: ރައީސް އޮފީސް

މި ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ އިތުރުން ކާށިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރުއެވެ.

މިމަސައްކަތް ކުރިއަށް ގެންދާނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. މި މަސައްކަތަކީ ވެލިދު އާއި ކާށިދޫ އަދި ލ. ގަމުގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމު ފެށުމަށް ސަރުކާރުން ފަށާފައިވާ މަޝްރުޢޫގައި ހިމެނޭ އެއް ރަށެވެ. މިއީ ރާއްޖޭގައި ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް ފަރުވާއާ އަދި ފަރުވާގެ އެކި ޕްރޮގްރާމްތައް ހިންގުމަށް އަޅާ ސެންޓަރުތަކެވެ.

ކާށިދޫގައި ޤާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުން | ފޮޓޯ: ރައީސް އޮފީސް

ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދެމުން އަންނަނީ މާލެ ސަރަހައްދުގައެވެ. އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ޑްރަގް ފަރުވާގެ 6 ސެންޓަރު ހުރި ނަމަވެސް، އެންމެ ޒަމާނީ އެކަށީގެންވާ ފަރުވާ އެތަންތާންގައި ޤާއިމުވެފައެއް ނެތެވެ. ސަރުކާރުގެ ޢަމާޒަކީ އައު ސެންޓަރުތަކުގެ މަސައްކަތް ނިމިގެންދާއިރު، ފަރުވާގެ ވަށާޖެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންދިއުމެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އިސްލާޙުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 12 ރިހެބިލިޓޭޝަން ސެންޓަރެއްގައި އަންނަނީ ފަރުވާދެމުންނެވެ. މި ސެންޓަރުތައް ހުންނަނީ މާލެ، ހުޅުމާލޭގެ އިތުރުން ކ. ހިންމަފުށި ގދ.ތިނަދޫ، ހދ.ހަނިމާދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ އަދި ގއ.ވިލިނގިލީގައެވެ.

ގުޅުންހުރި ލިޔުންތައް