އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންނަށް ރުހުންދީފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުކަމަށް، ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ސަފާ ޝަފީގު އާއި އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މުހައްމަދު ފަރުސަތު އައްޔަންކުރަން މަޖިލީހުން ރުހުންދީފިއެވެ.

މި ތިން ބޭފުޅުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 54 މެންބަރަކު ވަނީ ރުހުން ދެއްވާފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރި އަށް ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ތިން ބޭފުޅުންގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ފަރުސަތު، ސަފާ އަދި ސަރާހަތު އެވެ. މި ތިން ބޭފުޅުންގެ ތެރެއިން ފަރުސަތުއަށް 90.50 ޕަސަންޓު ލިބިފައިވާއިރު، ސަފާއަށް 88.88 ޕަސަންޓު އަދި ސަރާހަތަށް 87.88 ޕަސަންޓު ލިބިފައިވެ އެވެ. މި ތިން ބޭފުޅުން އައްޔަންކުރުމާ ދެކޮޅަށް ނުވަ މެންބަރަކު ވޯޓު ދެއްވިއެވެ.

އާ ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ ކޮމިޝަންގައި ހިމެނެނީ ޖުމްލަ ހަތް މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މީޑިއާތައް ތަމްސީލުކުރާ ހަތަރު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ.

ގުޅުންހުރި ލިޔުންތައް