އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ސަރުކާރު ހިންގުމަށް ބޭނުންވާ ކަންކަމުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުޑަވެސް ފަސްޖެހުމެއް ނޯންނާނެކަމަށް މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ފޮނަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް ނިސްބަތްވެ ވަޑައިގަންނަވާ އަދި ތަމްސީލުކުރައްވާ ދާއިރާ ހިމެނޭ ފޮނަދޫގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދާހަމައަށް އާއިރު އަދުގެ ސަރުކާރުން މިވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށެވެ. އޭގެ އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހި ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ދައްކަންޖެހޭ ދަރަނި ދައްކަމުން، ކުރަންޖެހޭ ކަންކަން ކުރަމުން މިއަދާހަމައަށް ކުރިއަށްގެންދަވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވަނީ ޤައުމުގެ ކުރިއެރުމާއި ޔައްޔިތުންނާ ގުޅުންހުރި މުޙިއްމު ބިލުތަކެއްކަން ފާހގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެފަދަ ބިލުތައް ފާސްކުރުމަށް މަޖިލީހުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މެންބަރުން ތިބީ ފިސާރި ކެރިގެން ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭން ތައްޔާރަށްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ. އަދި ސަރުކާރުން ފޮނުވާ އެފަދަ މުހިންމު ބިލުތައް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ” މަޖިލީހުގެ ރައީސް

މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އަދުގެ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ފޮނަދޫ ތަރައްޤީކުރެއްވުމަށް ނިންމެވި ނިންމެވުން ފާހަގަކުރައްވައި، މި ދަރުފުފުޅުގެ ތެރެއިން ސޮއިކުރެވުނު ތަރައްޤީގެ މަޝްރޫޢުތަކަކީ އެރަށުގައި މިހާތަނަށް ހިންގޭ ތަރައްޤީގެ އެންމެ ގިނަ އަދި އެންމެ ބިޔަ މުހިންމު މަޝްރޫއުތައްކަން ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް