ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ފޮނަދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީ ފޮނަދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފޮނަދޫ އިޖްތިމާއި މަރުކަޒުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ލ. ފޮނަދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ރަށުގެ އިޙްތިޞާޞްގައި ގާދޫ ހިމަނުއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. ހަމައެއާއިއެކު ސުކޫލުގެ އިމާރާތް ނުނިމި ލަސްވާތީ ދިމާވާ ދަތިތަކާއި، ރަށަށް ހޮސްޕިޓަލެއް ބޭނުންވާކަމުގައި މެންބަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ލ. ފޮނަދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

އަދި ރަށުގައި ބަންކަރިންގެ ޚިދުމަތް ފަށަން ބޭނުންވާކަމާއި ޕަބްލިކް ވާރކްސްގެ. ޚިދުމަތް ދިނުމަށް އިކުއިޕްމެންޓްސް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ރަށުގައި ހުއްޓިފައިހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންގެ އިމާރާތާއި، ފުޓްސަލް ދަނޑާއި، ޒުވާނުންގެ މަރުކަޒާއި، ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ޒުވާނުންގެ ފަރާތުން ވަނީ، ރަށުގެ ފުއްޓަރުފަރާތުގައި ޖެޓީއެއް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް