އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ބަނޑަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޖީއެމްއެޗުގައި

ބަނޑަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ރާއްޖޭގައި އަލަށް އަޖީއެމްއެޗުގައި ފަށައިފި ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުލްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހަލީމް ވިދާޅުވީ މިހާރު އެ ހޮސްޕިޓަލުން މުޅިން އަލަށް ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންކުރާ މޭގެ ކެތީޓަރު ލެއްވުމުގެ ޚިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ. މި ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ކަމެއް ކަމަށް ހަލީމް ވިދާޅުވިއެވެ.

އެއާއެކު، އޭނާ ވަނީ އައިޖީއެމްއެޗްގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 18 މަސްދުވަސް ފުރިހަމަވެއްޖެކަން ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް