އަންގާރަ, ޖެނުއަރީ 20, 2026
spot_img
- Advertisement -spot_img

ނަރުދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ނަރުދޫ ޕްރީ ސްކޫލްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ށ. ނަރުދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، ބޭރު ތޮށި އުސްކޮށް، ފުޅާކޮށްދެއްވުމަށާއި، ހުއްޓިފައިވާ ނަރުދަމާގެ މަސައްކަތް އަވަހަށް ކުރިއަށް ގެންގޮސްދެއްވުމަށާއި، މޫދަށް އެރޭނެ ސަރަހައްދެއް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ށ. ނަރުދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން މަގުތައް، ފަސްއަޅާ ރަނގަޅުކޮށްދެއްވުމަށާއި ރަށުން ގޯތި ދޫކުރުމަށް ހަދާފައިވާ އުޞޫލު ފާސްކޮށްދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. ރަށުގައި މިހާރު އޮތް ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކޮށްދެއްވައި، ޓަރފް އަޅައިގެން ބޮޑު ފުޓް ބޯޅަ ދަނޑެއް ހައްދަވައިދެއްވުމުގެ އިތުރުން، ސްކޫލަށް މަލްޓި ޕަރޕަސް ހޯލަކާއި ޞިއްޙީ މަރުކަޒާއި ކައުންސިލް އިދާރާއަށް އައު އިމާރާތެއް ބޭނުންވާކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް