ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރު ގައުމެއްގެ ދެ މަސް ބޯޓެއް ފެނިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި މި ދެ ބޯޓު ފެނިފައިވަނީ ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ސަރަހައްދުންނެވެ. މި ބޯޓުތައް ދަތުރުކުރަމުން ދިޔައީ ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ކަމަށް ސިފައިން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ބޯޓުތަކުގެ ހަރަކާތްތައް ގާތުން ބަލައި މޮނީޓާ ކުރުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިހާތަނަށް މި ބޯޓުތަކަކީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓުތަކެއްކަން ކަށަވަރުވެފައެއް ނުވެއެވެ.



