އާދިއްތަ, ނޮވެމްބަރ 9, 2025
spot_img
- Advertisement -spot_img

ވޯލްޑް ކަޕް ކޮލިފައިން: ފިންލެންޑް ބަލިކޮށް ނެދަލޭންޑްސް ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފި

ވޯލްޑް ކަޕް ކޮލިފައިންގައި ގްރޫޕު ’ޖީ‘ ރޭގައި ކުޅުނު މެޗުގައި ފިންލެންޑް އަތުން 4-0 އިން ނެދަލޭންޑްސް މޮޅުވެއްޖެއެވެ.

ޔޯހާން ކްރައިފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނެދަލޭންޑްސްގެ ފަރާތުން ވަނީ ވަރުގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ. އެ ގޮތުން މެޗުގެ 8 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑޮންޔެލް މަލެންއެވެ.

ފިންލެންޑް އަދި ނެދަލޭންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން

އޭގެ ނުވަ މިނެޓު ފަހުން އެ ޓީމުގެ ކެޕްޓަން ވާޖިލް ވެންޑައިކް ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރު ކޮށްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މެމްފިސް ޑިޕާއީ ވަނީ ނެދަލޭންޑްސްގެ ލީޑު ތިން ގޯލަށް އިތުރު ކޮށްފައެވެ.

ފިންލެންޑް އަދި ނެދަލޭންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން

ނެދަލޭންޑްސްގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ 84 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ގައުމީ ޓީމުގައި ވަރުގަދަ ފޯމެއްގައި ހުރި ކޯޑީ ގަކްޕޯ ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑާއެކު ނެދަލޭންޑްސް ވަނީ ފަސޭހަކަމާއެކު ފިންލެންޑް ބަލިކޮށް ގްރޫޕު ’ޖީ‘ ގެ އެއްވަނައަށް ޖެހިލައިފައެވެ.

ނެދަލޭންޑްސް ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު 6 މެޗުން ލިބުނު 16 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި 13 ޕޮއިންޓާއެކު ޕޮލެންޑް އޮތްއިރު, ތިންވަނައިގައި 10 ޕޮއިންޓާއެކު އޮތީ ފިންލެންޑެވެ.

ގުޅުންހުރި ލިޔުންތައް