ހޮނިހިރު, އޮކްޓޯބަރ 11, 2025
spot_img
- Advertisement -spot_img

އިޒުރޭލުން ސުންނާފަތި ކޮށްލާފައިވާ ޣައްޒާ އަލުން ބިނާކުރުމަށް 52 ބިލިއަން ޑޮލަރު ބޭނުންވާނެ: އދ

އިޒުރޭލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެ ހަލާކުވެފައިވާ ފަލަސްތީނުގެ ޣައްޒާ ސަރަހައްދު އަލުން ބިނާކުރުމަށް 52 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ ކަމަށް އދ އިން ލަފާކޮށްފިއެވެ.

އދގެ އޮފީސް ފޯ ޕްރޮޖެކްޓް ސާވިސަސް (ޔޫއެންއޯޕީއެސް)ގެ ޑިރެކްޓާ ޖޯޖް މޮރެއިރާ ޑަ ސިލްވާ ވިދާޅުވީ ޣައްޒާގެ އިންފްރާސްޓްރަކްޗާގެ 80 އިންސައްތަ ވަނީ ހަލާކުކޮށްލާފައި ކަމަށާއި، ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިބުންޏާއި ހިރިގާތައް ނައްތާލައި ސާފުކުރުމަކީ މިވަގުތު އެންމެ އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ.

2023 ވަނަ އަހަރުގެ 7 އޮކްޓޯބަރުން ފެށިގެން އިޒުރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 66،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޒުރޭލުގެ ހަމަލާތައް ގިނައިން އަމާޒުކުރަނީ އާންމު ރައްޔިތުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި އަސާސީ ހިދުމަތްދޭ މުއައްސަސާތަކަށެވެ. އެތައް ލައްކަ މީހުން އެމީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާއިރު، އދގެ ރިޕޯޓެއްގައިވާ ގޮތުން މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އެކަނިވެސް 57،000 އަށް ވުރެ ގިނަ މީހުން ޣައްޒާގެ އުތުރުން ދެކުނަށް ބަދަލުވުމަށް މަޖުބޫރުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް