އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިސްރާއީލުން މިވަގުތަށް ހަނގުރާމަ ހުއްޓާލުމަށް އެޤައުމުގެ ކެބިނެޓުން ރުހުން ދީފި

އިސްރާއީލާ ހަމާސް އާ ދެމެދު ސުލްހަ ގާއިމުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފޭސް ތަންފީޒުކުރަން އިސްރާއީލު ސަރުކާރުން އެއްބަސްވެއްޖެއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ބުދަ ދުވަހުގެ ރޭ ހަމާސް އާއި އިސްރާއީލުން އެއްބަސްވީ ތިން ދުވަސްވަންދެން ކުރިޔަށްގެންދިޔަ ވާހަކަތަކަށްފަހުއެވެ. މިސްރުގެ ޝަރުމުއްޝައިޚުގައި ކުރިޔަށްދިޔަ ވާހަކަތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ 20 ޕޮއިންޓްގެ އެއްބަސްވުމަށް ދެ ފަރާތުން އެއްބަސްވިއިރު އެއްބަސްވުން ތަންފީޒުކުރުމަށް އިސްރާއީލު ސަރުކާރުގެ އާނ ބަސް އިސްރާއީލު ބޮޑު ވަޒީރު ހޯދަންޖެހެއެވެ. އެހެންކަމުން ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުގެ ސެކިޔުރިޓީ ކައުންސިލުގެ ބައްދަލުވުމަކަށްފަހު ފަހުން ވަނީ މުޅި ކެބިނެޓްގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެބައްދަލުވުމަށްފަހު އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ ހުރިހާ އަސީރުން މިނިވަން ކުރުމަށް އެއްބަސްވުން ތަންފީޒުކުރުމަށް ސަރުކާރުން އެއްބަސްވެފައިވާކަމަށެވެ.

ސުލްހައިގެ އެއްބަސްވުން ތަންފީޒުކުރުމަށް އެކަށަ އަޅާފައިވާ ޕްލޭންގައިވާ ގޮތުން އެއްބަސްވުން ތަންފީޒުކުރުމަށް އިސްރާއީލު ސަރުކާރުން އެއްބަސްވުމާއެކު ހަނގުރާމަ ނިމުމަކަށް އައީއެވެ. ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ އަސްކަރީ ހުރިހާ އޮޕަރޭޝަނެއް އެއީ ވައިގެން މަގުންނާއި އެއްގަމު މަގުންނާއި ޓާގެޓްކޮށްގެން ދޭ ހަމަލާތައް ހުއްޓުމަކަށް އަންނާނެ އެވަގުތުން ފެށިގެން ހުއްޓުމަކަށް އަންނާނެއެވެ. އަދި 72 ގަޑިއިރު ތެރޭގައި ޣައްޒާމަތިން އިސްރާއީލުން ކުރިޔަށްގެންދާ އޭރިއަލް ސަރވިއަލަންސް ހުއްޓާލަންޖެހޭނެއެވެ.

އަދި އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ދޭނެއެވެ. ފުރަތަމަ ފޭސްގައި ދެން ހިމެނޭ އެންމެ މުހިންމު ކަމަކީ އަސީރުން ބަދަލުކުރުމެވެ. 72 ގަޑިއިރު ތެރޭގައި ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރަންޖެހޭނެއެވެ. އަދި އިސްރާއީލު ޖަލުތަކުގައި ތުބި ފަލަސްތީނުގެ ގައިދީންގެ ތެރެއިން 2000ށް ވުރެ ގިނަ މީހުން މިނިވަންކުރަންޖެހޭނެއެވެ. މީގެއިތުރުން ކަނޑައަޅާފައިވާ ވަކި ސަރަހައްދަކަށް އިސްރާއީލު އަސްކަރިއްޔާ ފައިބަންޖެހޭނެއެވެ.

ޓްރަމަޕް ބުނެފައިވަނީ އަސީރުން މިނިވަންކުރުމުގެ ކަންކަން ކުރިޔަށްދާނީ ހޯމަ ނުވަތަ އަންގާރަ ދުވަހުގައި ކަމަށް ގަބޫލުކުރެވޭކަމަށެވެ. އަނެއްކޮޅުން އެއްބަސްވުން ތަންފީޒުކުރުމާމެދު ކެބިނެޓުން ގޮތެއް ނިންމުމަށް ބައްދަލުވުން ބާއްވަމުންދިޔައިރުވެސް އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ގުޅުންހުރި ލިޔުންތައް