ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

މުޒާހަރާ ކޮންޓްރޯލްކުރަން އުޅުނު ތިން ފުލުހަކަށް އަނިޔާވި: ފުލުހުން

އިދިކޮޅު އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާ ލިބުނު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ރޭ އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެއްވުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުންނެވެ.

އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓި ފުލުސް މީހާގެ ގައި މަތިން އެއްވުމުގެ ބައެއް ބައިވެރިން ހިނގުމުގެ ސަބަބުން ކަމަށް ފުލުހުން ހާމަކުރިއެވެ.

ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވަނީ ބެރިކޭޑުން ޖެހުމުގެ ސަބަބުން ކަމަށާއި އަނެއް ފިރިހެން ފުލުހަށް އަނިޔާވެފައިވަނީ ޝިލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާވި ދެ ފުލުހަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދިން ކަމަށެވެ. އަދި ދެން އަނިޔާވި ފުލުހަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ގުޅުންހުރި ލިޔުންތައް