ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ތިމަރަފުށީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ތިމަރަފުށީ ސުކޫލުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ތ. ތިމަރަފުށި ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ ސިއްޙީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް އަވަސްކުރުމަށާއި، ބަނދަރު ބޮޑުކޮށްދެއްވުމަށް އެދުވަޑައިގަންންވާފައެވެ. ހަމައެއާއިއެކު އިމާރާތްކޮށް ނިފައިވާ 100 ހައުސިން ޔުނިޓްގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެމައްސަލަ ހައްލުކޮށް، އޭގެހައްގުވެރިންނާ ހަވާލުކޮށްދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ޓާރފު ދަނޑު އަޕްގުރޭޑް ކޮށްދެއްވައި، ޒުވާނުންގެ މަރުކަޒުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވައި، އަންހެނުން ވޮލީ ކުޅެން ކޯޓެއް ބޭނުންވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ސްކޫލުގެ ފަރާތުންވަނީ، ސްކޫލްލުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ތ. ތިމަރަފުށި ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް