ބުދަ, ނޮވެމްބަރ 12, 2025
spot_img
- Advertisement -spot_img

ކަނޑޫދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ކަނޑޫދޫގެ ކައުންސިލް އިދާރާގައެވެ.

ކަނޑޫދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ، ބަނދަރު ބޮޑުކުރަން ބޭނުންވާކަމާއި، ރަށުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތައް ހިއްސާކުރައްވާފައެވެ. ހަމައެއާއިއެކު މިހާރު ހުއްޓިފައި ހުރި ޕްރޮޖެކުޓުތަކުގެ މަސައްކަތް އަވަސް ކޮށްދެއްވައި، ޚާއްޞަކޮށް ނަރުދަމާގެ މަސައްކަތާއި، ޞިއްޙީ މަރުކަޒުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ކަނޑޫދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

އަދި ސްޕޯޓްސް ފިޝިންގް އަށް ޚާއްޞަ ބޮއެއް ގާއިމުކޮށްދެއްވުމާއި ސުކޫލަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށްދެއްވުމާޢި، ކަރަންޓް ނެޓްވޯކްގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ. އަދި ކައުސިލުން ވަނީ ރަށުގެ ދަނޑުވެރިންގެ ކަންބޮޑުވުންތައްވެސް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް