ހުކުރު, ނޮވެމްބަރ 14, 2025
spot_img
- Advertisement -spot_img

ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި

”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028′ – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން“ މަގުޗާޓުގައިވާ ކަންކަން ދައުލަތުގެ އަސާސްތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތަންފީޒުކުރުމަށް އުފެއްދެވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް މެންބަރުން ޢައްޔަނުކުރައްވައިފިއެވެ.

މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛

1- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން

2- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު

3- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢު

4- މިނިސްޓަރ އޮފް ހެލްތް، ޢަބްދުﷲ ނާޡިމް އިބްރާހީމް

5- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރު

6- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަބްދުالله ފަޔާޟް

7- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޑޮކްޓަރ މުޙައްމަދު ކިނާނަތު

8- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓީޖިސްޓް، ސިޔާޙް ޚަލީލް

9- ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ސަޢީދާ ޢުމަރު

”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028′ – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން“ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ފަހިކޮށްދީ ލަފާދިނުމާއި، އެ މަސައްކަތްތައް ބެލެހެއްޓުމުގެ އެންމެ އިސް މަޖިލީހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެވެ.

ގުޅުންހުރި ލިޔުންތައް