ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ، ނިލަންދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.

ނިލަންދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ގޮތުން ކައުންސިލުންވަނީ މިހާރު ތަރައްޤީކުރަން ފަށާފައިވާ އެއާޕޯޓް އަވަހަށް ނިންމައިދިނުމާއި، އެއާޕޯޓް މަޝްރޫޢުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފެނާއި ނަރުދަމާގެ މައްސަލަ އަދި ކަރަންޓު ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގައި ޞިއްޙީ ޚިދުމަތް ރަގަޅުކޮށްދެއްވުމާއި 500 ހައުސިންގ ޔުނިޓް އަޅައިދެއްވުމުގެ އިތުރުން ރަނގަޅުފެންވަރަށް މަގު ހައްދަވައިދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ނިލަންދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް