ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ސިވިލް ސާވިސް މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި މޫނު ބުރުގާ އެޅޭ ގޮތަށް ހަދައިފި

ސިވިލް ސަރވިސް މުވައްޒަފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ޤަވާއިދު ނަންބަރު 2014/R- 311 (ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2014) އިސްލާހުކޮށްފިއެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2014ގެ ޢާންމު އުޞޫލުތައް ބަޔާންކޮށްފައިވާ 145 ވަނަ މާއްދާގެ (ހ) ގައި ކުރިން ބުނެފައި އޮންނަނީ ސިވިލް ސަރވިސްގެ ކޮންމެ ޚިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ޚިދުމަތަކަށްވެފައި, ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ, ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.

ސަރުކާރުގެ ފަރާތުން މިއަދު ގެނައި އިސްލާހުގައި ބުނަނީ ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށެވެ. އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން, އެ މުވައްޒަފުގެ ނަމާއި, މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. މި އިސްލާހާއެކު ސިވިލް ސަރވިސް މުވައްޒަފުންނަށް މޫނު ބުރުގާ އެޅުމަށް އޮތް ހުރަސް މިހާރު ވަނީ އުވާލެވިފައެވެ.

ގުޅުންހުރި ލިޔުންތައް