ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް: ވަޒީރު އާދަމް ޝަރީފު

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް މ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެންވިދާޅުވީ، ޕީއެސްއެމުން ރޭ ގެނެސްދެއްވި ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

”ސަރުކާރުގައި އަޅުގަނޑުމެންގެ އެބައޮތް ސިޔާސަތެއް. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ މުހިންމު ކަމެއް ކަމުގައި ޤަބޫލުކޮށްގެން، އެގޮތުން ކަންތައްތައް ކުރިއަށް ގެންދިއުން“ ވަޒީރު ވިދާޅުވިއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދަވައި ބައެއް މުހިންމު ކަންކަމުގެ މައްޗަށް ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވަޒީރު ބައްލަވައިލައްވާފައި ވެއެވެ. އެގޮތުން ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތައާރަފުކުރުމަށް ފަހު މި ވޭތުވެ ދިޔަ 15 ވަރަކަށް އަހަރުތެރޭ ފަޅުރަށްތައް ކައުންސިލްތަކަށް، ދެއްވި ރައީސަކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫނީ ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް މަންފާވާ ގޮތަށް ރަށްތައް ލިބިގެން ދިޔުމަކީ މާލީ އެތައް މަންފާއެއް ކައުންސިލުތަކަށް ކުރާނެ ކަމެއް ކަމަށެވެ.

ޕީއެސްއެމުން ގެނެސްދެއްވާ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވަޒީރު ރޭ ދެއްކެވި ވާހަކަފުޅުގައި މިއަދު ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެވޭ ހުރިހާ ބަދަލުތަކާއެކީގައި މީގެ ކުރިން ދުވަހަކުވެސް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ޓަކައި ނުކުރެވޭހާ ގިނަ މަސައްކަތް މިއަދު ކުރެވެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް