ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ނޭޕާލްގެ ބޮޑުވަޒީރު ޝަރުމާ އިސްތިއުފާދެއްވައިފި

ނޭޕާލްގައި ޖެންޒީން ކުރަމުންގެންދާ މުޒާހަރާތަކާ ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ބޮޑުވަޒީރު އިސްތިއުފާދެއްވާފައިމިވަނީ މުޒާހަރާތައް ހޫނުވެ، ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިއުމުންނެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ކަތަމަންޑޫގެ ހާލަތު މިހާރު އޮތީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގައެވެ. އެގޮތުން ޖެންޒީ ގްރާޕްތަކުން ދަނީ ވަޒީރުންގެ ގެކޮޅުގައި ހުޅުޖަހަމުންނެވެ.

މިގޮތުން މުޒާހަރާގައި އިސްކޮށް އުޅޭ ޖެންޒީ ގޭންގުތަކުން ވަނީ ބޮޑުވަޒީރުގެ ގެކޮޅުގައި ހުޅުޖަހާފއިވާއިރު، މާލީ ވަޒީރު ދިރިއުޅުއްވާ ގެކޮޅުގައިވެސް ރޯކޮށްލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް