ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އަރިއަތޮޅު އުތުރުބުރި ރަށްތަކުގައި ’ހާލު ކިހިނެއް؟‘ ޕްރޮގްރާމް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ’ހާލު ކިހިނެއް؟‘ ޕްރޮގްރާމް އަރިއަތޮޅު އުތުރުބުރި ރަށްތަކުގައި ފަށައިފިއެވެ.

މިގޮތުން އަރިއަތޮޅު އުތުރުބުރި ރަސްދޫ ކައުންސިލްއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެކު ވަނީ މަޝްވަރާކުރެވިފައެވެ. އަދި ‏މި ޕްރޮގްރާމްގެ ތެރެއިން ރަސްދޫގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައެވެ.

އއ. އަތޮޅުގެ ރަށްތަކުގައި ކުރިޔަށްގެންދާ ’ހާލު ކިހިނެއް؟‘ ޕްރޮގްރާމް | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ
އއ. އަތޮޅުގެ ރަށްތަކުގައި ކުރިޔަށްގެންދާ ’ހާލު ކިހިނެއް؟‘ ޕްރޮގްރާމް | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ

‎‘ހާލު ކިހިނެއް؟’ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގެ ހުރިހާ ގޭބިސީތަކަކަށް ޒިޔާރަތްކޮށް، ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް